ތިނަދޫ ބައިނަލްއަގްވާމީ އެއާޕޯޓް އެޅުމަށް ބަޔަކާ ހަވާލުކޮށްފި
ރާއްޖޭގެ ދެކުނުން ތިނަދޫ ސިޓީގެ ފަޅު ހިއްކައިގެން ބައިނަލްއަގްވާމީ ފެންވަރުގެ އެއާޕޯޓެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި މިރޭ ސޮއިކޮށްފިއެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒު މިހާރު ގދ. އަތޮޅަށް ކުރައްވަމުން އަންނަ ދަތުރުފުޅުގައި މިރޭ ތިނަދޫގައި ބާއްވާ ޖަލްސާގައި މި މަަޝްރޫއުގެ ފަހުމުނާމާގައި ވަނީ ސޮއިކޮށްފައެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ ތައިލޭންޑުގެ ޕޭން ޕެސިފިކް ކުންފުންޏަށެވެ. މި މަޝްރޫއު ނިމޭއިރު ގާއިމްކުރާނެ ބައެއް ޚިދުމަތްތަކަކީ: އެންމެ ބޮޑެތި ބޯޓު ޖެއްސޭ ފެންވަރުގެ ރަންވޭއެއް ތަރައްގީކުރާނެ ޕްރިމިއަމް ފްލައިން ސްކޫލެއް…