އަލީ ޒާހިރު ޕީއެސްއެމް ބޯޑުގެ މެންބަރަކާ ބައްދަލުކޮށް، އިންޒާރު ދެއްވި މައްސަލައެއް ފެންމަތިވެއްޖެ
ޕަބްލިކް ސާރވިސް މީޑިއާގެ ބޯޑް މެމްބަރު މިދުހަތު އަލީ އާއި ބައްދަލުކުރައްވާ ރައީސުލްޖުމުހޫރިއްޔާ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އިންޒާރު ދެއްވި މައްސަލެއް ފެންމަތިވެއްޖެއެވެ. މިދުހަތު އަލީ މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ، ޕީއެސްއެމް ބޯޑުން އޭނާ ވަކިކުރެއްވުމަށް ރައީސުލްޖުމުހޫރިއްޔާ އަށް ފެނިވަޑައިގަންވާކަން ބަޔާންކުރައްވާ އެކަން ޕްރައިވެޓައިޒޭޝަން ބޯޑަށް ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން އަންގާފައިވާތީ ބޯޑުން ވަކިކޮށްފައިވާކަން އޭނާ އަށް އަންގާފައިވާ ކަމަށެވެ. އަދި މީގެ ދެހަފުތާ ކުރިން އަލީ ޒާހިރު ބައްދަލު ކުރެއްވި…