އޭވިއޭޝަން ދާއިރާއިން މީހުން ބިނާ ކުރުން ތަރައްގީއަށް މުހިންމު: ނައިބު ރައީސް
ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން އިސްކަން ދެނީ ގައުމުގެ އެންމެ މުހިންމު ދާއިރާތަކުން މީހުން ބިނާކުރުމަށް ކަމަށާއި އެގޮތުން އޭވިއޭޝަން ދާއިރާއިން މީހުން ބިނާ ކުރުމަކީ ގައުމުގެ ތަރައްގީގެ ކުރިމަގަށް މުހިންމު މަސައްކަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.