މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން އެ ހަފްތާ ނިމެންދެން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 2:00 އަށް މާލެ ސަރަހައްދުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުގެ ހިދުމަތް ދިނުމަށް އޮފީސް ހުޅުވި ނަމަވެސް ގިނަ ހިދުމަތްތައް ދޭނީ އޮންލައިންކޮށްކަމަށް އެ ބޭންކުން ބުނެފި އެވެ.
ބޭންކުން ބުނީ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 2:00 އާ ހަމަޔަށް ކާޑު ދޫކުރަމުގެ ހިދުމަތްދެމުންދާނެ ކަމަށެވެ. އަދި ކާޑު ދޫކުރުމަށް ހުޅުމާލެ ބްރާންޗްވެސް ހޯމަ، އަންގާރަ އަދު ބުރާސްފަތި ދުވަހު ހެނދުނު 10:00 އިން ފެށިގެން 2:00 އަށް ހުޅުވުމަށް ވަނީ ހަމަޖެހިފައި ކަމަށް ބުންޏެވެ.
މީގެ އިތުރުން އޭޓިއެމްގެ ހިދުމަތް ހުއްދަ ނަގައިގެން ކަސްޓަމަރުންނަށް ކޮންމެ ގަޑިއެއްގައިވެސް ލިބޭނެ ކަމަށް ބޭންކުން ބުންޏެވެ. ޓްރާންސެކްޝަން ހެދުމަށް ވިޔަފާރި އެކައުންޓަށް ކަނޑައަޅާފައިވަނީ 500،000 ރުފިޔާ އެވެ. މީގެ އިތުރުން ހަފްތާގެ ކޮންމެ ދުވަހަކުވެސް އަސާސީ ބޭންކިންގެ ހިދުމަތްތައް ކަމުގައިވާ ރާއްޖޭން ބޭރަށް ފައިސާ ފޮނުވުން، އީމެއިލް މެދުވެރިކޮށް ޕޭރޯލް ހިދުމަތްދިނުމުގެ އިތުރުން އޭޓީއެމް އަށް ޖަމާކުރާ ބީއެމްއެލް ޗެކް ޕްރޮސެސް ކުރުން ފަދަ ކަންކަން މެދުނުކެނޑި ލިބޭނެ އެވެ.
އެމްއެމްއޭ ހުޅުވާފައި ހުންނަ ދުވަސްތައްކަމަށްވާ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ލޯކަލް ބޭންކް ޓްރާންސްފަރގެ ހިދުމަތާއި (އޭސީއެޗް އަދި އާރްޓީޖީއެސް) އެހެން ބޭންކުތަކުގެ ޗެކް ޕޮރެސެސްކުރުމުގެ ހިދުމަތް ލިބޭނެކަމަށް ބީއެމްއެލްއިން ވަނީ ބުނެފަ އވެެ.
އޮންލައިންކޮށް ހިދުޔމަތް ލިބޭނެ ގަޑިތައް ބޭންކުން ވަނީ އިއުލާން ކޮށްފަ އެވެ. އެގޮތުން ރާއްޖެއިން ބޭރަށް ފައިސާ ޓްރާންސްފާ ކުރުމުގެ ހިދުމަތް ހެނދުނު 11:00 ގެ ކުރިން ލިބޭނެ އެވެ. އަދި ޕޭރޯލްގެ ހިދުމަތް އީމެއިލް މެދުވެރިކޮށް ބަލައިގަންނާނެ އެވެ. ބީއެމްއެލްގެ އެކައުންޓެއްނަމަ މެންދުރު 12:00 ގެ ކުރިން ހުށަހަޅާ ފޯމުތައް އެދުވަހު ޕްރޮސެސްކުރާނެ އެވެ. އަދި އެހެން ބޭންކަކުންނަމަ 11:00 ގެ ކުރިން ހުށަހަޅައިފިނަމަ އެދުވަހު ޕްރޮސެސް ކުރާނެ އެވެ.
އޭޓީއެމް މެދުވެރިކޮށް ޖަމާކުރާ ޗެކު މެންދުނު 12:00 ގެ ކުރިން ހުށަހަޅައިފިނަމަ އެދުވަހު ޕްރޮސެސްވާނެ އެވެ. އެހެން ބޭންކަކުންނަމަ 10:00 ގެ ކުރިން ހުށަހެޅުމުން އެދުވަހު ޕްރޮސެސް ވާނެ އެވެ. އެމްއެމްއޭ މެދުވެރިކޮށް އެމަސައްކަތް ކުރާނީ ހޯމަ އަންގާރަ އަދި ބުރާސްފަތި ދުވަހު އެވެ.