3 ގުނަ އިތުރު ޑޭޓާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް އުރީދޫއިން ފަށައިފި އެވެ.
އެގޮތުން މިއަދު ފެށި މި ޕްރޮމޯޝަންގައި މަހެއްގެ މައްޗަށް 180 ޖީބީ އާއި ހަމައަށް ޑޭޓާ ލިބިގެން ދާނެ އެވެ. މި ޕެކޭޖުގައި ކޮންމެ ދުވަހަކު ހަ ޖީބީ ޑޭޓާ ލިބޭނެ އެވެ.
މި ޕްރޮމޯޝަންގެ ދަށުން އާންމުކޮށް ދިވެހިން ބޭނުންކުރާ ސޯޝަލް މީޑިއާ އެޕްލިކޭޝަންތައް ބޭނުން ކުރެވޭނެ އެވެ. އެގޮތުން އިންސްޓަގްރާމް، ސްނެޕްޗެޓް، ޓްވިޓާ، ވަޓްސްއެޕް، ވައިބާ، ޓެލެގްރާމް، ފޭސްބުކްގެ އިތުރުން ޕިންޓްރެސްޓު ބޭނުން ކުރެވޭނެ އެވެ. އަދި ސްޓްރީމިންގް ޕްލެޓްފޯމުތަކުގެ ތެރެއިން ނެޓްފްލިކްސް، ޓިކްޓޮކް، ސޮނީލިވް، އައިފްލިކްސް ސައުންޑް ކްލައުޑް އަދި ސްޕޮޓްފައިވެސް ބޭނުން ކުރެވޭނެ އެވެ.
މި އޮފާ ތައާރަފްކުރީ އާޗާ ޕްރިޕެއިޑް ކަސްޓަމަރުންނަށް ކޮންމެ ތާކު ހުރެ، ކޮންމެ ވަގުތެއްގައި ވެސް އާއިލާ އާއި ރައްޓެހިންނާ ގުޅުވައިދީ ސްޓްރީމިން ޕްލެޓްފޯމުތައް މެދުވެރިކޮށް ފިލްމާއި ސީރީޒްތައް ބެލުމުގެ ފުރުސަތު ފަހިކޮށްދިނުމަށްކަމަށް އުރީދޫއިން ބުނެފައި ވެއެވެ.
އާޗާ ޕްރިޕެއިޑް ޕްލޭންތައް
- 1ޖީބީ ވީކްލީ ޕެކް (150ރ.): ދުވާލަކު 3ޖީބީ
- 1ޖީބީ މަންތުލީ ޕެކް (500ރ.): ދުވާލަކު 3ޖީބީ
- 2ޖީބީ މަންތުލީ ޕެކް (750ރ.): ދުވާލަކު 6ޖީބީ
އާޗާ ޕްރިޕެއިޑް ޕްލޭންތައް އެކްޓިވޭޓް ކުރަން ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެރިކޮށް ނުވަތަ “UD150” (އާޗާ 1ޖީބީ/ޑޭ ވީކްލީ ޕެކް)، “UD500” (އާޗާ 1ޖީބީ/ޑޭ މަންތްލީ ޕެކް)، UD750” (އާޗާ 2ޖީބީ/ޑޭ މަންތްލީ ޕެކް) ޖަހައި 5555 އަށް ފޮނުވާލުމުން އެކްޓިވޭޓް ކުރެވޭނެ އެވެ.