ރައީސް ގޮވާލެއްވީ ހަމަލާތައް ވަގުތުން ހުއްޓާލުމަށް
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ގަތުލު އާންމެއް ހިންގާ ކަމަށް ބުނެ ދެކުނު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް ހުށަހެޅި މައްސަލައިގައި، ޣައްޒާގައި އިސްރާއީލުން ސީދާ ގަތުލުއާންމު ހިންގުމަށް ހިތްވަރުދިނުން ހުއްޓުވައި، އަދަބު ދިނުމަށް ގޮވާލާ އެ ކޯޓުން މިއަދު ކުރި އަމުރުތަކަށް ރާއްޖެއިން މަރުހަބާ ވިދާޅުވާ ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އައިސީޖޭއިން ނެރުނު ވަގުތީ އަމުރުގައި އިޒްރޭލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ޖެނޮސައިޑް ކޮންވެންޝަނާ ހިލާފް އަމަލުތައް ހިންގާ…