ހަނިމާދޫ އާ ރަންވޭ އާދިއްތަ ދުވަހު ބޭނުންކުރަން ފަށަނީ
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ރަންވޭ އާދިއްތަ ދުވަހު ބޭނުންކުރަން ފަށާނެކަމަށް ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް)ން ބުނެފިއެވެ. އާރުއޭސީއެލުން ބުނީ އާދިއްތަ ދުވަހު ޓެސްޓް ފްލައިޓް ޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 2.24 ކިލޯމީޓަރުގެ ރަންވޭއެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. މިހާރު މިހުޅުވަނީ ރަންވޭގެ ދެކުނު ފަޅިއަށް ވާގޮތަށް ތަރައްގީކުރާ 1200 މީޓަރުގެ ރަންވޭއެވެ. ހަނިމާދޫ އިންޓަރނޭޝަން އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ޖެނުއަރީ…