ވަޒީރުންނަށް ރުހުން ނުދިނުމަކީ ޚިދުމަތްތަކަށް ހުރަސް އެޅުން: ޕީޕީއެމް/ޕީއެންސީ
ސަރުކާރުގެ ވަޒީރުންނަށް އެއްވެސް މިންވަރަކަށް ފުރުޞަތު ދީ ވަޒަން ކުރުމެއް ނެތި އެބޭފުޅުންނަށް ރުހުން ނުދިނުމަކީ ސަރުކާރު ހިންގުމަށް ދޭންޖެހޭ އެއްބާރުލުން ނުދިނުންކަމާއި އެއީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތަށް ފާޅުގައި ހުރަސް އެޅުން ކަމަށް ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީއިން ބުނެފިއެވެ. ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އައްޔަންކޮށްފައިވާ ވަޒީރުންނަށް ރުހުން ހޯދުމަށް މަޖިލީހަށް ހުށަހަޅާފައިވާއިރު އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމާފައެވެ. މި ސަރުކާރުގެ 22 ވަޒީރުންނަށް ރުހުން ދިނުމާއި…