ދިވެހިރާއްޖެ އާއި އޮސްޓްރޭލިއާ ދެމެދު ފުރަތަމަ ސީނިއަރ އޮފިޝަލް ޓޯކްސް ބާއްވައިފި
ދިވެހި ސަރުކާރާއި އޮސްޓްރޭލިއާ ސަރުކާރާ ދެމެދު ބާއްވާ ފުރަތަމަ ސީނިއަރ އޮފިޝަލްސް ޓޯކްސް މާލޭގައި ބާއްވައިފިއެވެ. ދިވެހި ޚާރިޖިއްޔާގައި އިއްޔެ މެންދުރުފަހު ބޭއްވުނު ބައްދަލުވުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުން މިހާރަށްވުރެން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މި ބައްދަލުކުރެއްވުމުގައި، ތަފާތު ދާއިރާތަކާ ބެހޭގޮތުން ދެ ޤައުމުގެ މެދުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. އޭގެ ތެރޭގައި، ވެރިކަން ހިންގުމާއި، ޑިމޮކްރަސީއާއި، ވިޔަފާރީގެ ދާއިރާއާއި، ފަތުރުވެރިކަމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ދިފާޢީ، ސަލާމަތާއި، ތަރައްޤީގެ ދާއިރާ…