ބަންގްލަދޭޝްގެ ޓޫރިޒަމް ފެއާއެއްގައި ރާއްޖެ
ރާއްޖޭގެ ޓޫރިޒަމް ބަންގްލަދޭޝްގައި އިޝްތިހާރު ކުރަން އެ ގައިމުގެ ފެއާއެއްގައި ބައިވެރިވެއްޖެ އެވެ. މިއީ އިއްޔެ ފެށިގެން މާދަމާގެ ނިޔަލަށް ޑާކާގައި ކުރިއަށް ގެންދާ އޭޝިއަން ޓޫރިޒަމް ފެއާ (އޭޓީއެފް) އެވެ. އެމްއެމްޕީއާރްސީން ބުނީ ފެއާގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ 37 ފަރާތަކުން ރާއްޖެ ތަމްސީލުކުރަމުން އަންނަ ކަމަށެވެ. ފެއާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވީ ބަންގްލަދޭޝް އަކީ މިހާރު ވަރަށް އުންމީދީ މާކެޓެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ބަންގްލަދޭޝް އިން…