ހިރިމަރަދޫ މީހުން ތުލުސްދު އަށް ބަދަލުކޮށްދޭން އެދިއްޖެ
ހދ. ހިރިމަރަދޫގައި ދިރިއުޅޭ މީހުން، ކ. ތުލުސްދު އަށް ބަދަލުކޮށް ދިނުމަށް އެދި ލޯކަލް ގަވަނަންސް މިނިސްޓްރީއާ މަޝްވަރާކޮށްފިއެވެ. ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި ހިރިމަރަދޫ ކައުންސިލްގެ މެމްބަރުން މިއަދު ވަނީ ބައްދަލުކުރައްވައިފައެވެ. އަދި އެ ބައްދަލުވުމުގެ ފޮޓޯތައް ވެސް މިނިސްޓަރު ވަނީ "އެކްސް" ގައި ހާމަކުރައްވައިފައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ހިރިމަރަދޫ ރައްޔިތުން ތުލުސްދު އަށް ބަދަލުވާން ބޭނުން ވަނީ އަމިއްލައަށް އެދިގެންނެވެ. ހިރިމަރަދުއަކީ ހދ. އަތޮޅުގައި މީހުން މަދު އެއް ރަށެވެ.…