އެއަރޕޯޓްގެ އާ ޓަރމިނަލް މިއަހަރުގެ އޮކްޓޫބަރު މަހުގެ ކުރިން ހުޅުވާލެވޭނެ: ރައީސް
ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ތަރައްގީކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވި ގޮތުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް މިއަހަރުގެ އޮކްޓޫބަރު މަހުގެ ކުރިން ހުޅުވާލެވޭނެއެވެ. މީގެ އިތުރުން މިއަހަރުގެ ތެރޭގައި ހަނިމާދޫ އެއަރޕޯޓާއި އައްޑޫ ގަން އެއަރޕޯޓް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށާއި، މ. މުލީ…