ބައިއެނުއަލް ޓްރާންސްޕޭރަންސީ ރިޕޯޓުގެ ރިވިއު ފަށައިފި
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީސީ) ގެ ސެކްރެޓޭރިއެޓާ ގުޅިގެން، ރާއްޖޭގެ ފުރަތަމަ ބައިއެނުއަލް ޓްރާންސްޕޭރަންސީ ރިޕޯޓުގެ ޓެކްނިކަލް އެކްސްޕަރޓް ރިވިއު ފަށައިފިއެވެ. މި ރިވިއުގެ މަޤްޞަދަކީ ކުރިމަގުގައި ހުށަހަޅާ ޓްރާންސްޕޭރަންސީ ރިޕޯޓުތައް އިތުރަށް ހަރުދަނާކުރުމެވެ. މި ރިވިއުގެ ސަބަބުން ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ހުށަހަޅާ ރިޕޯޓުތަކުގެ ފެންވަރު މަތިވެ، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ރިޕޯޓުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް…