ތިނަދޫގެ 200 ހައުސިން ޔުނިޓް ދޫކުރުމުގެ މަސައްކަތް ކުރާނީ މިނިސްޓްރީން: ހައުސިން މިނިސްޓްރީ
ތިނަދޫ ސިޓީގައި އިމާރާތްކުރަމުން ދާ ހައުސިން ޔުނިޓްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ތިނަދޫ ސިޓީ ކައުންސިލުން ހުޅުވާލީ ހައުސިން މިނިސްޓްރީގެ ހުއްދަ ނުހޯދާކަމަށާއި، އެ އިއުލާން ބާތިލު ކުރަން އެންގުމުންވެސް ކައުންސިލުން އެފަދައިން އަމަލުކޮށްފައި ނުވާކަމަށް ހައުސިން މިނިސްޓްރީ އިން ބުނެފިއެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިމާރާތްކުރެވޭ ހައުސިން ޔުނިޓުތައް ހަވާލުކުރެވޭނީ މިނިސްޓްރީން އެންޑޯސްކޮށް ހުއްދަދޭ އުސޫލުތަކާ އެއްގޮތަށް ކަން ފާހަގަކޮށް މިނިސްޓްރީން ވަނީ ތިނަދޫގައި އިމާރާތް ކުރަމުންދާ 200 ހައުސިން ޔުނިޓަކީ އެ މިނިސްޓްރީގެ ދަށުން…