ކޮމެޓީން އެއްވަނަ ދިން ޒީނާގެ ބަދަލުގައި ރިލްވާން ބްރޯޑްކޮމަށް އައްޔަން ކުރަން ފާސްކޮށްފި
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުކަމަށް މޫސާ ރިލުވާން އައްޔަނުކުރަން ފެންނަ ކަމަށް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. ރިލްވާން، ބްރޯޑްކޮމްގެ މެންބަރު ކަމަށް އައްޔަނުކުރަން ފާސްކުރީ މަޖިލީހުގެ 70 މެންބަރުންގެ އިއްތިފާގުންނެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދީފައެއް ނުވެއެވެ. ބްރޯޑްކޮމްއަށް ދެ މެންބަރަކު އައްޔަނު ކުރުމަށް ޓަކައި ދެ ފަހަރަކު އިއުލާނުކުރިއިރު، އޭގެ ތެރެއިން ފުރަތަމަ އިއުލާނަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން 10 ނަމެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އޭޕްރީލް 23ގައި މަޖިލީހަށް…