ރާއްޖޭގެ މިނިވަން ދުވަހުގެ ރަސްމިއްޔާތަށް މޯދީ ވަޑައިގެންފާނެ: ރިޕޯޓްތައް
ޖުލައި 26 ގައި ބާއްވާ މިނިވަން ދުވަހުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ވަޑައިގަންނަވާނެކަމަށް ބެލެވޭކަމަށް އިންޑިއާގެ ބައެއް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ. އެގައުމުގެ "ޓައިމްސް އޮފް އިންޑިއާ"އިން މިއަދު ބުނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އެކުލަވާލާފައިވާ ހައި-ލެވެލް ކޯ ގުރޫޕުގެ ދެވަނަ ބައްދަލުވުމަށް މިދިޔަ ހަފްތާގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އިންޑިއާއަށް ކުރެއްވި ދަތުރުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން، މިނިވަން ދުވަހުގެ ޖަލްސާއަށް ވަޑައިގެންނެވުމަށް…