މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ނިޒާމެއް
ކުރިއަށް އޮތް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބާ ގުޅިގެން ޝަކުވާއާއި މައްސަލަ ހުށަހެޅުމުގެ ނިޒާމެއް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޤާއިމްކޮށްފިއެވެ. އީސީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ މި އިންތިޚާބާ ގުޅިގެން، އެއްވެސް ޝަކުވާއެއް ހުށަހަޅާނަމަ، ހުށަހަޅަންވާނީ އެކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ "ޝަކުވާ / މައްސަލަ ހުށަހަޅާ ފޯމު" މެދުވެރިކޮށް ކަމަށެވެ. މިގޮތުން ޝަކުވާ / މައްސަލަ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށް ކަމަށް އީސީން ބުންޏެވެ. މީގެ އިތުރުން އީސީން ބުނީ ވޯޓުނެގުމަށް…









