ހަތަރު އަތޮޅެއްގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފަށައިފި
ރާއްޖޭގެ 4 އަތޮޅެއްގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ދޭން ފަށާފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. ފުލުހުންގެ ޚިދުމަތް ހުރިހާ ރަށެއްގައި ޤާއިމުކުރެވިފައިވާ އަތޮޅު ތަކުގެ ތެރޭގައި ކ. އަތޮޅު، ފ. އަތޮޅު، ވ. އަތޮޅު އަދި ގއ. އަތޮޅު ހިމެނެއެވެ. ފުލުހުން ވިދާޅުވީ މިއީ ރައްޔިތުންނަށް ބޭނުންވެފައިވާ މުހިންމު ޚިދުމަތެއް ގާތުން ފޯރުކޮށްދިނުމަށްޓަކައި ކުރެވެމުންދާ މަސައްކަތުގެ ނަތީޖާ ކަމަށާއި މި ޚިދުމަތް ތައާރަފު ވުމާއެކު މުއައްސަސާތައް ގުޅިގެން ކުރެވޭ މަސައްކަތުން މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރު…









