ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ދިރިއުޅުއްވާ ރަސްމީގެ ކޮޅު މުލިއާގެއަށް ހަމަލާ ދޭނެކަމަށް ބުނި ދެމީހަކު ހައްޔަރުކޮށްފިއެވެ.
މުލިއާގެ ކައިރިއަށްގޮސް ދެމީހަކުވަނީ އެމީހުން އެވަގުތު ގެންގުޅުނު ފޮށިގަނޑެއްގައި ބޮމެއް އޮތްކަމަށް ބުނެ އިންޒާރުދީފައެވެ. އަދި އެތަން ގޮއްވާލާނެ ކަމަށް ބުނުމާއެކު ރައީސުލްޖުމޫރިއްޔާ އޮފީހުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތްތަކުން ވަނީ އެމީހުން ހައްޔަރުކޮށްފައެވެ. އަދި ވަގުތުން ފުލުހުންގެ ހާއްސަ ޓީމެއް ވަނީ އެސަރަހައްދަށް އެމީހުން ގެންގުޅުނު ފޮށިގަނޑާއި އެމީހުން ބަލައި ފާސްކޮށް ދެމީހުން ހައްޔަރުކޮށްފައެވެ. މައުލޫމާތުލިބިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ ދިވެހި ދެ ފިރިހެނުންނެވެ.
އަދި އެދެމީހުން މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.