އެމްޑީޕީގެ ވެރިކަމާ ދެކޮޅަށް ކުރީގެ ރައީސް ޔާމީން އާއެކު މަސައްކަތް ކުރަން ބޭނުންނުވާ ކަމަށް މީދޫގެ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީޕީއަށް ވަނީވެސް ރައީސް ޔާމީންގެ ވެރިކަން ދާނެގޮތް އެނގި އެކަމާއި ދެކޮޅަށް މަސައްކަތް ކުރާނެ ޕްލެޓްފޯމެއްގައި މަސައްކަތް ކުރަން ކަމަށެވެ. އަދި ރައީސް ޔާމީން ވެރިކަން ކުރީ ހީކުރިވަރަށްވުރެވެސް އަނިޔާ ވެރިކޮށް ނުބައިކޮށް ކަމަށް ރޮޒައިނާގެ ޓުވީޓްގައި ވިދާޅުވެފައިވެއެވެ.
މިއަދު ރައީސް އިބްރާހިމް މުހައްމަދު ސާލިހާ ދެކޮޅަށް ރައީސް ޔާމީން އާއި ބައިވެރިވާންވީ ކީއްކުރައްވަންތޯ ރޮޒައިނާ ސުވާލު އުފައްދަވާފައިވެއެވެ. ރައީސް އިބުރާހިމް މުހައްމަދު ސާލިހު ގޯސް ނޫން ކަމަށާއި އަދި ރައީސް ސާލިހު އަކީ އަނިޔާވެރިއެއް ނޫން ކަމަށާއި ވައްކަންވެސް ނުކުރާ ކަމަށް ރޮޒައިނާ ވިދާޅުވެފައިވެއެވެ.