ހިޔާ ޓަވަރުތަކުގެ ލިފްޓްތައް ކޮމިޝަންކޮށް ނިމެންދެން އެ ޓަވަރުތަކަށް ކަރަންޓުގެ ހިދުމަތްދިނުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.
ސްޓެލްކޯއިން ބުނީ މިގޮތަށް ނިންމާފައިވަނީ އެޗްޑީސީން މިގޮތަށް އެދުމުން ކަމަށެވެ.
ހިޔާގެ ޓަވަރުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ދެން ކުރިޔަށްގެންދާނީ އެމަސައްކަތްތައް ނިމި
ކަރަންޓުގެ ހިދުމަތްދިނުން ކުރިޔަށް ގެންދިއުމަށް އެޗްޑީސީން އެންގުމުން ކަމުގައި ސްޓެލްކޯއިން ހާމަކުރެއެވެ.
ޗްޑީސީން މިގޮތައް އެދިފައިމިވަނީ ހުކުރު ދުވަހު ހިޔާގެ ޓަވަރެއްގެ ލިފްޓެއްގެ ތެރޭ ބަޔަކު ތާށިވެފައިވާތީ ލިފްޓްތައް ކޮމިޝަން ނުކޮށް ހުރެއްޖެނަމަ މިފަދަ އިތުރު ހާދިސާތަކެއް މެދުވެރިވެދާނެ ކަމަށްބަލައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމުގެ ގޮތުން ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
+1
+1
+1
+1
+1
+1