އިތުރު ތިން މަސް ދުވަހު ހިޔާ ފްލެޓުތަކުގެ ކުލި ނުނަގަން ރައީސް ނިންމަވައިފި
އަންނަ ޖެނުއަރީ މަހުން ފެށިގެން އިތުރު ތިން މަސް ދުވަހު ހިޔާ ފްލެޓުތަކުގެ ކުލި ނުނަގަން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ނިންމަވައިފި އެވެ. ރައީސް މިކަން އިއުލާން ކުރެއްވީ އާދިއްތަ ދުވަހުގެ ރޭ ބޭއްވި އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.