ބަންދުގައި ހުރި މީހާ ނިޔާވި މައްސަލަ ބަލާނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހުގެ ރޭ 7 ޖެހިއިރު ނޭވާލާން އުނދަގޫތަކެއް ހުރުމުން އެމަޖެންސީ ހާލަތުގައި އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުންދިޔަ އިސްމާޢީލް ޝަބީން (46 އަހަރު)، ހާލު ދެރަވެ އައިސީޔޫއަށް ބަދަލުކޮށް ފަރުވާ ދެމުން ދަނިކޮށް ރޭ ނިޔާވެފައިވާ ކަމަށެވެ. މިމީހާ ނިޔާވި ކަން ހޮސްޕިޓަލުން ހާމަކޮށްދީފައިވަނީ 7:30ގައި ކަމަށާއި މިމީހާއަކީ ހަކުރު ބައްޔަށް ބޭސްކުރަމުންދިޔަ ފަރާތެއް ކަމަށް ކަރެކްޝަންސްއިން ވަނީ ހާމަކޮށްފައެވެ.
މިމައްސަލާގައި ޕީޖީން ވިދާޅުވީ، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު އައިއެމްއެޗަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ނިޔާވި މައްސަލާގައި ކަންވީގޮތް ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
+1
+1
+1
+1
+1
+1