ކުރީގެ ރައީސް ޔާމީން ހުޅުމާލެ ފޭސް ދެއެއްގައި އަޅަފައި ހުރި ހިޔާ ފްލެޓްތައް ތަޅާލަން ވިސްނެވި ކަމަށާއި ކިރިޔާވެސް ބާރެއް އޮތް ނަމަ އެކަން ކުރަން ބޭނުންވި ކަމަށް ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ، ހިޔާ ފްލެޓްތައް ތަޅާލަން ވިސްނި ކަމަށާއި އެކަނި ނިންމޭ ވަރު ކަމެއް ވަނީ ނަމަ ތާޅާ ވެސް ލީމުސް ކަމަށެވެ. އަދި ފުރަތަމަ ވެސް އެއީ ކޮތަރުކޮށިތަކެކޭ ބުނި ކަމަށާއި ކޮތަރުކޮށްޓަކަށް ވިޔަސް އެ ހަވާލު ކުރަން ބުނީމަ އެކަން ކުރީ ކަމަށް އަސްލަމް ވިދާޅުވިއެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ މިއީ ކުރަން ފަސޭހަ ކަމެއް ނޫން ނަމަވެސް ކުރީގެ ސަރުކާރުން އެ މަސައްކަތް ގެންގޮސްފައި ވަނީ މަސައްކަތް ހުއްޓާލެވޭ ވަރަށް ވުރެ މާ ބޮޑަށް ކަމަށެވެ. އެގޮތުން މި ސަރުކާރު އަދި ކުރިއަށް އޮތް ތަނުގައި އަންނަ ސަރުކާރުތަކުން ވެސް މިފަދަ މަސައްކަތް ގެންދާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
ރައީސް ސާލިހުގެ ސަރުކާރުން ބޭނުންވަނީ ކުދި ކުދި ތަންތަން ކައިރީގައި ބިނާކުރުމުގެ ބަދަލުގައި އެއް ކޮޓަރީގެ ފްލެޓް ދޫކުރުމަކީ މި ސަރުކާރުން އެއްގޮތަކަށްވެސް ތާއީދު ކުރާ ކަމެއް ނޫން ކަމަށެވެ. ހިޔާ ފްލެޓްތަކާ ގުޅޭ ގޮތުން މިއަދުގެ ޖަލްސާގައި މިނިސްޓަރާ ސުވާލު ކުރެއްވީ އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމްއެވެ.