ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް، "މޯލްޑިވްސް މެރިން އެކްސްޕޯ 2021" އަށް ޒިޔާރަތްކުރައްވައިފިއެވެ.
މި އެކްސްޕޯއަކީ ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެން.ބީ.އޭ.އެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އެކްސްޕޯއެކެވެ.
ރައީސް ވަީ އެވެއަނެސް ކެމްޕެއިންކަމަށްވާ "ލައިފް ޖެކެޓް ވެއަރ އިޓް" މި އެކްސްޕޯގައި އިފްޠިތާޙްކޮށްދެއްވާފައެވެ.
ހުޅުމާލެ ސެންޓަރަލް ޕާކުގައި މި ހިނގާ ޑިސެންބަރު 13 އިން 15 އަށް ކުރިއަށްދާ މި އެކްސްޕޯއަކީ މެރިން ދާއިރާގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ބާއްވަމުން ގެންދާ އެކްސްޕޯއެކެވެ. މި އެކްސްޕޯގައި ރާއްޖޭގެ މެރިން އިންޑަސްޓްރީގެ ގިނަ ބާވަތްތަކެއް ދައްކާލާފައިވެއެވެ. އަދި މި އެކްސްޕޯގައި މެރިން ދާއިރާއާއި ގުޅުންހުރި މުދަލާއި ފޯރުކޮށްދޭ ޚިދުމަތްތަކުގެ މަޢުލޫމާތުވެސް މި ދާއިރާގެ ގިނަ ބައިވެރިންނާ ޙިއްޞާކޮށްފައިވެއެވެ. ހަމަ އެއާއެކު މި އެކްސްޕޯގައި ބައިވެރިވި ބައެއް ކުންފުނިތަކުން ވަނީ އަލަށް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ ބައެއް ތަކެތި ދައްކާލައި އެ ތަކެއްޗާއި ބޭހޭގޮތުން ބައިވެރިންނާއި މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.