ބޭރުގެ ގައުމުތަކާއި އޮންނަ ގުޅުމަށް އަސަރު ނުކުރާ ގޮތަށް މީޑިއާތައް އަމަލު ކުރުމަށް އިލްތިމާސްކޮށްފި
އެކި އެކި ބައިނަލްއަގްވާމީ މުއާހަދާތަކުން ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފުނުވާނޭހެން، އަދި ދޭދޭ ޤައުމުތަކާއެކު އޮންނަ ގުޅުންތަކަށް ނޭދެވޭ އަސަރުނުކުރާނެހެން ދިވެހިރާއްޖޭގެ މީޑިއާތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.