ބޮމުގެ އިންޒާރުތައް ސަރުކާރުން ސީރިއަސްކޮށް ނުނަގާތީ ކަންބޮޑުވެއްޖެ
ރާއްޖެ ގޮއްވައިލާނެކަމަށް ބުނެ ފުލުފުލުގައި ބޮމުގެ އިންޒާރާއި މަރުގެ އިންޒާރުތައް ދެމުން ގެންދާއިރު އެކަން ސަރުކާރުން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ނުނަގާތީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.