ބީއެމްއެލް ގެ ކޮމިއުނިޓީ ފަންޑުގެ އެހީތެރިކަމާއެކު ގެމަނަފުށީ ސްކޫލުގައި ބީޓެކް ކްލާސްރޫމެއް ގާއިމްކޮށްފިއެވެ.
ބެންކް އޮފް މޯލްޑިވްސްއިން ބުނީ މި ކްލާސްރޫމު ފަރުމާ ކޮށްފައިވަނީ ދަރިވަރުންނަށް ހޮސްޕިޓަރލިޓީ ސިނާޔަތުގެ މަސައްކަތްތައް ދަސްކުރުމުގައި އަމަލީ ތަޖުރިބާ ލިބުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ. ބީއެމްއެލްގެ ކޮމިއުނިޓީގެ ފަންޑުގެ އެހީ އާއެކު މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތްކޮށްފައިވަނީ ދިވެހި މަސްވެރިންގެ ޖަމިއްޔާއިންނެވެ.
މި ޕްރޮޖެކްޓްގެ ދަށުން ބީޓެކް ކިޔަވާ ދަރިވަރުންނަށް ހިދުމަތް ދިނުމުގެ ދާއިރާގެ މަސައްކަތްތައް އަމަލީ ގޮތުން ތަޖުރިބާ ކުރުމަށްޓަކައި ނަކަލު ކްލާސްރޫމެއް ވަނީ ތަރައްގީ ކުރެވިފައި ކަމަށާއި މި ކްލާސްރޫމުގެ އެހީގައި ހޮސްޕިޓަރލިޓީ ދާއިރާގައި މަސައްކަތައް ނުކުންނަ ދަރިވަރުންނަށް ކަސްޓަމަރުންނަށް ހިދުމަތް ދިނުމާއި، އެނދު އަޅާނެ ގޮތް ދަސްކުރުމާއި، ކެއްކުމުގެ އަސާސީ ހުނަރު ދަސްކުރުމުގެ އިތުރުން މި ގާއިމްކޮށްފައިވާ ސެޓަޕް ބަލަހައްޓާ ސާފުކޮށް މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދޭނެ ކަމަށް ބީއެމްއެލްއިން ހާމަކުރެއެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.