ރ އަތޮޅު ކައުންސިލުން އެދުނީ ރީޖަނަލް ހޮސްޕިޓަލުގައި ޕީސީއާރު ޓެސްޓް ހެދޭނެ ގޮތެއް ހަދައިދިނުމަށް
ރ އަތޮޅު ކައުންސިލުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ޕީސީއާރު ޓެސްޓް ހެދޭނެ ގޮތެއް ހަދައިދިނުމަށް ރައީސްގެ އަރިހުން އެދިއްޖެއެވެ. މީގެ އިތުރުންވެސް ރ އަތޮޅުގައި ހުރި ފަޅުރަށްރަށުގެ ތެރެއިން އަތޮޅު ކައުންސިލުގެ ބޭނުންތަކަށް ރަށެއް ހަމަޖައްސައިދިނުމާއި އަދި އަތޮޅަށް ސްޕީޑްފެރީގެ ޚިދުމަތް ބޭނުންވާކަމާއި މޮނިޓަރިންގައި އޮންނަ ރަށްރަށުން ހޮސްޕިޓަލަށް ދަތުރުކުރުމުގައި ފަސޭހަގޮތްތަކެއް ހަމަޖެއްސުމާއި ގުޅޭގޮތުންނާއި އަތޮޅުގެ ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ މައްސަލަތައްވެސް ވަނީ ރައީސް އާއި ހިއްސާކުރައްވާފައެވެ. އަދި އުނގޫފާރުގެ ބަނދަރު ބޮޑުކުރުމާ ގުޅޭގޮތުންނާއި އެރަށުގައި އިތުރު…