ތިންލައްކަ ނުވަދިހަ ހަތަރުހާސް މީހުން ރާއްޖެއިން ވެކްސިން ޖަހައިފި
ތިންލައްކަ ނުވަދިހަ ހަތަރުހާސް މީހުން ރާއްޖެއިން ވެކްސިން ޖަހައިފިއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެ އާއި ހަމައަށް ރާއްޖެއިން ވަނީ ތިންލައްކަ ނުވަދިހަ ހަތަރުހާސް އަށްސަތޭކަ ހަތްދިހަ އެއް މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އަދި ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު ވަނީ ތިންލައްކަ ފަންސާސް ނުވަހާސް ހަތްސަތޭކަ ފަންސާސް އަށަކަށް އަރާފައެވެ. މީގެ ތެރޭގައި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންވެސް ހިމެނެއެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ…