ސްކޫލު ދަރިވަރުން ވެސް މާސްކް އެޅުން އެއީ އިޚްތިޔާރީ ކަމަކަށް އެޑިއުކޭޝަނުން ހަދައިފި
ދަރިވަރުން ސްކޫލްއަށް ހާޞިރުވާއިރު މާސްކް އެޅުމަކީ މަޖުބޫރުކަމެއް ނޫންކަމުގައި އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ. އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބައްޔަށް ޕޮޒިޓިވްވާ ރޭޓް %20އަށްވުރެ ދަށްކޮށް އުޅޭ ރަށްރަށުގެ ސްކޫލްތަކަށް ދަރިވަރުން ފޮނުވާއިރު މާސްކް އެޅުން މަޖުބޫރު ނުވިނަމަވެސް ބެލެނިވެރިޔާއާއި ދަރިވަރުން ބޭނުންވާނަމަ މާސްކް އަޅައިގެން ސްކޫލަށް ފޮނުވިދާނެކަމަށާ ހައި ރިސްކް ދަރިވަރުން ސްކޫލްއަށް ހާޒިރުވާއިރު މާސްކް އެޅުމަކީ އެދެވިގެންވާކަމެއްކަމަށެވެ. އެ މިނިސްޓްރީން ބުނީ ސްކޫލްގައި އުޅޭ ވަގުތުތަކުގައި މާސްކް އެޅުމަކީ މަޖުބޫރު ކަމެއް…