ރައީސްގެ ދެކަނބަލުން ބަޙްރައިނަށް ވަޑައިގެންފި
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، ބަހްރެއިނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ހަވީރު އެ ގައުމަށް ވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސްގެ ދެކަނބަލުން ބަޙްރައިން އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަތުމުން އެ ދެކަނބަލުންނަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ބަޙްރައިން ޑިފެންސް ފޯސްގެ ފަރާތުން ވަނީ އެ ދެކަނބަލުންގެ ޝަރަފުގައި އޮނަރ ގާޑެއް އަރުވާފައެވެ. ރައީސްގެ ދެކަނބަލުންނަށާއި، ސަރުކާރުގެ މަތީފަންތީގެ…