500،000ރ. ގެ ސްކޭމާ ގުޅިގެން މީހަކު ހައްޔަރުކޮށްފި
ފުލެޓު ލިބުނު ކަމަށް ބުނެ މަކަރާއި ހީލަތުން މީހެއްގެ އެކައުންޓުން 500،000 ރުފިޔާ ނެގި މައްސަލައިގައި 23 އަހަރުގެ މީހަކު ފުލުހުންގެ ހައްޔަރަށް ގެންގޮސްފިއެވެ. ފުލުހުން ބުނެފައިވަނީ އެ މައްސަލައިގައި ފައިސާ ހޯދައިފައިވަނީ އޮޅުވާލައިގެން ފުލެޓު ލިބުނު ކަމަށްބުނެ އޯޓީޕީ ހޯދައިގެން ކަމަށެވެ. އަދި އެ ކަން ހިނގާފައިވަނީ މި މަހުގެ 13 ވަނަ ދުވަހު ކަމަށްވެސް މައުލޫމާތު ދީފައި ވެއެވެ. އެ މައްސަލައާއި ގުޅިގެން 23 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މި…