ގާސިމްގެ ނަން ބޭނުންކޮށްގެން ހިންގަމުންދާ އޮޅުވާލުމުގެ ޢަމަލަކަށް ސަމާލުވުމަށް ގޮވާލައިފި
ނަން ބޭނުންކޮށްގެން އޭއައިގެ ވަސީލަތުން ހިންގަމުންދާ އޮޅުވާލުމުގެ ޢަމަލަކަށް ރައްޔިތުން ސަމާލުވުމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ. އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ގާސިމްގެ ފޮޓޯއާއި ވީޑިއޯތައް މެދުވެރިކޮށް އޮފްޝޯ ޓްރޭޑިންގ އިންވެސްޓްމަންޓް ސްކީމެއް ދަނީ ޕްރޮމޯޓްކުރަމުންނެވެ. މި ސްކީމްގެ ފަރާތުން ދައްކާ ވާހަކައިގައި، ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް އިންވެސްޓަރުންނަށް ފައިދާ ލިބޭނެ ކަމަށް ވެސް ބުނެއެވެ. ގާސިމް ވިދާޅުވި ގޮތުގައި މިއީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރައްޔިތުންނަށް އޮޅުވާލައި،…