ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަނީ
ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ބިލެއް ހުށަހަޅަން ސަރުކާރުން ނިންމައިފި އެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަޖިލީހުގެ މެޖޯރިޓީ ޕާޓީ ކަމަށްވާ، ޕީއެންސީން ބޭނުންވަނީ މި ބިލު މާދަމާ މަޖިލީހަށް ހުށަހެޅުމަށެވެ. އަދި ވީއެންމެ އަވަހަކަށް އެ ބިލު ފާސްކުރުމަށް ޕީއެންސީން މަސައްކަތް ކުރާކަމަށްވެސް މައުލޫމާތު ލިބެ އެވެ. މިފަދަ އިސްލާހެއް ގާނޫނު އަސާސީ އަށް ގެންނަން ނިންމާފައިވާއިރު، މެންބަރުން ޕާޓީ ބަދަލު ކުރުމުން މެމްބަރުކަމުން އިސްތިއުފާ ދޭން ޖެހޭ ގޮތަށް ހަދާފައިވާ…