ގައިންގަޔަށް ނާރާ ބަލިތަކުގެ ކްލިނިކެއް ދިއްގަރަށް
ގައިންގަޔަށް ނާރާ ބަލިތަކަށް ހާއްސަކޮށްގެން މ. ދިއްގަރުގައި ކްލިނިކެއް ހުޅުވައިފި އެވެ. އެ ރަށު ސިއްޙީ މަރުކަޒުގައި ޤާއިމުކޮށްފައިވާ މި ކްލިނިކް މިއަދު ރަސްމީކޮށް ހުޅުއްވައި ދެއްވީ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދެވެ. ދިއްގަރު ޞިއްޙީ މަރުކަޒުން ބުނީ މިފަދަ ކްލިނިކެއް ހުޅުވުމުގެ އެންމެ ބޮޑު ބޭނުމަކީ ގައިންގަޔަށް ނާރާ ބަލިތައް އިތުރުވާތީ ދުރާލައި އެކަން ދެނެގަނެ ރައްޔިތުންނަށް ފަރުވާ ދިނުން ކަމަށެވެ. އެގޮތުން ދިއްގަރުގައި ހަކުރު ބައްޔާއި ލޭ މައްޗަށް ދިޔުން ފަދަ ބަލިތައް އިތުރުވަމުންދާ…