މުޅި ރާއްޖޭގައި އިހުތިޖާޖުކުރަން އެމްޑީޕީން ފާސްކޮށްފި
މުޅި ރާއްޖޭގައި އިހުތިޖާޖު ކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ. އެމްޑީޕީން މިރޭ ކާނިވާ ސަރަހައްދުގައި ބާއްވާ ބޮޑު ޖަލްސާގެ ކުރިން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާ އަށް ހުށަހެޅި ގަރާރުގައި ބުނެފައިވަނީ އެމްޑީޕީން ދޭ ދައުވަތު ގަބޫލުކުރާ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކާއި ވަކިވަކި ފަރުދުންނާ ގުޅިގެން މުޅި ރާއްޖެއަށް ސިޔާސީ ހަރަކާތްތައް ފުޅާކޮށް، ރާއްޖޭގެ ކަންކޮޅުތަކުގައި އެކިއެކި އިހުތިޖާޖުތައް ރާވައި ހިންގުމަށް ހުށަހަޅާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން…