ވިއްސާރައިގެ ސަބަބުން 226 މީހަކަށް ވަގުތީ ބޯހިޔާވަހިކަން
މާލެއަށް އިއްޔެ ކުރި ގަދަ ވިއްސާރައިގެ ސަބަބުން 226 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުންބުއިމުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ. އެންޑީއެމްއޭ އިން ބުނީ މާލޭގައި ފެންބޮޑުވެގެން އެކިއެކި އެހީތަކަށް އެދި 774 ތަނަކުން ރިޕޯޓުކޮށްފައިވާ ކަމަށާއި މީގެތެރެއިން 554 ތަނަކުން އެދުނީ ވެލިބަސްތާ ޖަހައިދިނުމަށް ކަމަށެވެ. އެދި 53 ގެއެއްގެ ރެޕިޑް އެސެސްމެންޓް ހެދިފައިވާ ކަމަށާއި މީގެތެރެއިިން 36 ގޭބިސީގެ 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން…