ސަޢޫދީގެ މިނިސްޓަރ އޮފް ޙައްޖު އެންޑް އުމްރާގެ ދަޢުވަތަކަށް ޝަހީމް ސަޢޫދީ ޢަރަބިއްޔާއަށް
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ޙައްޖު އެންޑް އުމްރާ ޑރ ތައުފީޤު ރަބީޢާގެ ދަޢުވަތަކަށް ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި، ރާއްޖެއާއި ސަޢުދީ އަރަބިއްޔާއާ ދެމެދު އަހަރީ ގޮތުން ވެވޭ ޙައްޖު އެގްރީމެންޓްގައި ސޮއިކުރެއްވުމާއެކު، ޙައްޖު މިނިސްޓަރ ޑރ ތައުފީޤު ރަބީޢާއާ ބައްދަލުކުރެއްވުން ހިމެނެއެވެ. އަދި މީގެ އިތުރުން، 1446 ވަނަ އަހަރު ސައުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓްރީން އިންތިޒާމްކުރާ ޙައްޖު މައުރަޒުގައި…