ޑިމޮކްރެޓްސްގެ ރައީސަކަށް އިންތި ވާދަކުރަނީ
ޑިމޮކްރެޓްސްގެ ރައީސް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒު ފަހުމީ ކުރިމަތިލައްވައިފި އެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިންތި ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ މިވަގުތު ހުސްވެފައިވާ ރައީސްކަމުގެ މަގާމަށް ކުރިމަތިލާން ހުށަހަޅާފައިވާ ކަމަށާއި އެއާއެކު ޕާޓީގެ ތަރުޖަމާނު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. "އެންމެހައި އެކުވެރި ޑެމޮކްރެޓްސްގެ ތާއީދަށް އެދި ދަންނަވަން،" އިމްތިޔާޒު ލިޔުއްވާފައިވެ އެވެ. ޑިމޮކްރެޓްސްގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ހަސަން ލަތީފް އާއި ނައިބު ރައީސްގެ…