ކީރިތި ޤުރުއާނާ ބެހޭ ވަޤުފް އިމާރާތެއް އެޅުމަށް މާލެއިން ބިމެއް ހަމަޖެއްސަވާ ދެއްވައިފި
ކީރިތި ޤުރުއާނާ ބެހޭ ޚާއްޞަ ވަޤުފް އިމާރާތެއް އެޅުމަށް މާލެއިން މިހާރު ބިމެއް ހަމަޖައްސައިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިކަން ރައީސް ހާމަކުރެއްވީ ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ ހާފިޒުންގެ ފުރަތަމަ ދަސްވެނިވުމުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް މުޢިއްޒު ވިދާޅުވިގޮތުގައި، މި ވަޤުފް އިމާރާތާ ބެހޭ ސިޓީ ސަރުކާރު ހުޅުވޭތަނުން އިސްލާމިކް މިނިސްޓްރީއަށް ފޮނުއްވާނެއެވެ. އަދި މި އިމާރާތް އެޅިގެން ދިޔުމުން އެއީ ފިކުރީ އަދި ހުރިހާ މާނައެއްގައިވެސް މުހިންމު އިންވެސްޓްމަންޓަކަށް ވެގެންދާނެ…