މަންދީ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފި
އެމްޑީޕީގެ މަޝްހޫރު އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފިއެވެ. ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމުގެ މަންމަ، މަންދީ ގަޔަށް ކަޅު ތެޔޮ ޖެހީ މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ސިލްސިލާ މުޒާހަރާގައި ބައިވެރިވުމަށް ފަހު، ސައިކަލުގައި ގެއަށް ދިޔަ މަގުމަތީގައި މާލޭގެ ވުޑްބެރީ ރެސްޓޯރެންޓު ހިމެނޭ ސަރަހައްދުންނެވެ. އެ މައްސަލާގައި، ޖެހުމާއި މުދަލަށް ގެއްލުން ދިނުމާއި ކުށެއް ކުރުމުގައި ބައިވެރިވުމުގެ…