މެޑިސިން އިމްޕޯޓާސް ފޯރަމް ބާއްވައިފި
ބޭސް ލިބުމުގައި ދިމާވާ ދަތިތައް ހައްލުކޮށް ޞިއްޙީ ނިޒާމަށް ބޭނުންވާ ބޭސް މެދުނުކެނޑި ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުތެރެއިން މެޑިސިން އިމްޕޯޓާސް ފޯރަމް ބާއްވައިފި އެވެ. އިއްޔެ ބޭއްވި މި ފޯރަމްގެ މައިގަނޑު މަގުސަދަކީ ރާއްޖެއަށް ބޭސް ލިބުމުގައި ހުރި ދަތިތައް ދެނެގަނެ މިކަން ޙައްލު ކުރުމަށް ސަރުކާރުގެ ކަމާއި ގުޅުން ހުރި އިދާރާތަކުން ކުރެވިދާނެ މަސައްކަތްތައް ދެނެގަނެ އިދާރާތައް އަދި ބޭހުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތައް ގުޅިގެން މަސައްކަތް ކުރުމެވެ. މެޑިސިން އިމްޕޯޓާސް ފޯރަމް…