ވާނުވާގައި 347 ބޮޑެތި ކުށްވެރިން، ދޫކޮށް ނުލެވޭނެ: ރައީސް
ވަކި މުއްދަތެއް ނެތް "ވާނުވާ" ބަންދުގައި 347 މީހުން އެބަތިބި ކަމަށާއި މީގެތެރޭގައި ގިނައީ ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. މާފަންނު ރައްޔިތުންނާއެކު ރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ މިވަގުތު ވާނުވާ ބަންދުގައި ތިބި 347 މީހުންގެ ތެރޭގައި ހިމެނެނީ މީހުން މަރާފައި ހުރި ކަމުގެ ތުހުމަތު ކުރެވޭ 29 މީހުންނާއި، ޓެރަރިޒަމްގެ މައްސަލަތަކުގައި ތުހުމަތު ކުރެވޭ 20 މީހުންނާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ…









