ޑްރަގާ އެކު 4 މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅެ ވިޔަފާރިކުރަމުން އައި ބަޔަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަ-ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެ މީހުން ހައްޔަރުކުރީ މާލޭގެ ގެސްޓް ހައުސްއަކާއި އެޕާޓްމަންޓެއް ބަލައި ފާސްކޮށްގެން ކަމަށެވެ. ހައްޔަރުކޮށްފައި ވަނީ ދަފްތަރު ނަންބަރު ރސ. 10367/ މާލެ، ޙަސަން އަނަސް، 22، އާއި (22އ) ފުވަައްމުލައް، ދޫޑިގަން، އަތަގަސްދޮށުގޭ މޫސާ ޝަހީމް، 22، އާއި ބ. ގޮއިދޫ، އާވެލި، ޙުސައިން ޝަރުވާން، 25، ގެ…









