ސިލޯނާއެކު ދިވެހީން: އެސްޓީއޯއިން 250,000 ރުފިޔާ
"ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯއިން 250,000 ރުފިޔާގެ ފައިސާގެ އެހީއެއް ފޯރުކޮށްދީފިއެވެ. މެންދުރުފަހު 2:00 ހަމައަށް ކުރިއަށްގެންދާ މި ޓެލެތޯންގައި ސަރުކާރުގެ އެކި އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކުންވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެސްޓީއޯއިން ދިން 250,000 ރުފިޔާގެ އެހީ ހަވާލުކޮށްފައިވަނީ ސިލޯނާއެކު ދިވެހީން ޓެލެތޯންގެ ކަވަރޭޖްގެ ތެރެއިންނެވެ. އަދި މި ފައިސާގެ އެހީއަކީ އެސްޓީއޯ ގްރޫޕުގައި ހިމެނޭ އެސްޓީއޯ، އެލައިޑް އިންޝުއަރެންސް، މޯލްޑިވް ގޭސް، ފިއުލް ސަޕްލައި…






