ޓެލެތޯނުން ލިބުނު 8 ލައްކައަށްވުރެ ގިނަ ޑޮލަރު ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފި
ތޫފާން "ދީތުވާ"ގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބުނު އަވަށްޓެރި ސްރީ ލަންކާއަށް އެހީވުމަށް ޕީއެސްއެމް އާއި ރާއްޖޭގެ ބައެއް މީޑިއާތައް ގުޅިގެން ބޭއްވި ޓެލެތޯނުން ލިބުނު 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ (800،352 ޑޮލަރު) ފޮރިން މިނިސްޓްރީއާ މިއަދު ހަވާލުކޮށްފި އެވެ. ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލްއާ މި ފައިސާގެ ރަމްޒީ ޗެކް ހަވާލުކޮށްދެއްވީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޔާމީން އެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޚަލީލް ވަނީ…









