ފްލައިން ސުކޫލް ހިންގުމަށް ގަން އެއަރޕޯޓާއެކު މޯލްޑިވިއަނުން ސޮއިކޮށްފި
އައިލެންޑް އޭވިއޭޝަނާއި ގައުމީ ޔުނިވަރސިޓީ ގުޅިގެން އުފައްދާ ފްލައިޓް ޓްރޭނިންގް ސްކޫލް ހިންގުމަށް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުން ތަންދިނުމަށް ދެފަރާތުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާގައި ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރުވެސް ބައިވެރިވެވަޑައިގަތެވެ. އައްޑޫސިޓީގައި އޮތް މި ރަސްމިއްޔާތުގައި ގައުމީ އެއަރލައިން އައިލެންޑް އޭވިއޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދެވެ. އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ފަރާތުން އެއްބަސްވުމުގައި…