ރައީސް ސޯލިހު އެމްޑީޕީން ބޭރު ކުރުމުގެ ވާހަކަ ނުސީދާކޮށް ވިދާޅުވުމުންވެސް ހަނު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއިއެކު ސިޔާސީ ގޮތުން ހުންނެވެން ނެތް ކަމަށާއި އެމްޑީޕީއަށް އައު އިއްތިހާދެއްގެ ބޭނުން ޖެހިފައިވާކަަމަށް އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން އެކަމާ އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުން ނުވާކަން ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވެއްޖެ އެވެ.