ގައުމުތަކާއި ދެކޮޅު ހަރަކާތްތަކުގައި ބައިވެރި ނުވުމަށް ޕީޕީއެމްގެ މެންބަރުންގެ ކިބައިން ނަޝީދު އެދިވަޑައިގެންފި
ގައުމުތަކާއި އިދިކޮޅު ހަރަކާތްތަކުގައި ބައިވެރި ނުވުމަށް ޕީޕީއެމްގެ މެންބަރުންގެ ކިބައިން ވަރަށް އިޚްލާސްތެރިކަމާއެކު އެދިވަޑައިގަންނަވާކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އިންޑިއާ އައުޓް ހަރަކާތާއެކު އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރައީސް ޔާމީން މިއަދު އދ.މަހިބަދޫއަށް ވަޑައިގަތުމަށް ނިންމަވާފައިވަނިކޮށް މިއަދު ކުރެއްވި ޓްވީޓެއްގައި ނަޝީދު ވިދާޅުވީ ގައުމުތަކާއި އިދިކޮޅު ހަރަކާތްތަކުގައި ބައިވެރި ނުވުމަށް ޕީޕީއެމްގެ މެންބަރުންގެ ކިބައިން ވަރަށް އިޚްލާސްތެރިކަމާއެކު އެދިވަޑައިގަންނަވާކަމަށާއި ރައީސް ޔާމީން އިސްވެ ހިންގަވާ އިންޑިއާ އައުޓް ހަރަކާތަކީ ރައްޔިތުންގެ ތާއީދު…